ads
ނާގްޒިލާ
ކާތިކް އާރްޔަންގެ އާ ފިލްމު "ނާގްޒިލާ" ރިލީޒްކުރާ ތާރީހު އަނެއްކާވެސް ފަސްކޮށްފި
ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަންގެ އާ ފިލްމު "ނާގްޒިލާ" ރިލީޒްކުރާ ތާރީހު އަނެއްކާވެސް ފަސްކޮށްފި އެވެ.
Advertisement

ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ މިއަހަރުގެ އޯގަސްޓް 14 ގަ އެވެ. ނަމަވެސް، މިހާރު މި ފިލްމު ސިނަމާތަކަށް އަންނާނީ 12 ފެބުރުއަރީ 2027 ގަ އެވެ.

މިއީ މި ފިލްމު ރިލީޒްކުރާ ތާރީހަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. މި ފިލްމަކީ އިންޑިއާގެ ކުރީގެ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، ސިފަ ބަދަލުކުރާ ހަރުފަތަކެއް ދައްކުވައިދޭ ކޮމެޑީ ފިލްމެކެވެ. ފިލްމު އުފައްދާ ފަރާތުން ބުނީ ތާރީހަށް ބަދަލު ގެންނަން ޖެހުނީ ފިލްމުގެ ވީއެފްއެކްސްގެ މަސައްކަތްތަކަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މްރިގްދީޕް ސިންގް ލަމްބާ އެވެ. ފިލްމުގެ މަސައްކަތްތައް ނިންމަން އިތުރު ވަގުތު ނެގީ، ފިލްމަކީ ގިނަ އަދަދެއްގެ ވީއެފްއެކްސް ބޭނުންކޮށްގެން އުފައްދާ ފިލްމަކަށް ވާތީ، ފެންވަރު ރަނގަޅު އުފެއްދުމެއް ބެލުންތެރިންނަށް ގެނެސްދިނުމުގެ ބޭނުމުގަ އެވެ. މީގެ އިތުރުން މިއަހަރުގެ އޯގަސްޓް މަހު ގިނަ ފިލްމުތަކެއް ރިލީޒްކުރަން ހުރުމަކީ ވެސް ތާރީހު ބަދަލުކުރަން ދިމާވި ސަބަބެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ނާގްޒިލާ" ރިލީޒްކުރުން ލަސްވުމުން ކާތިކްގެ ފޭނުން ތިބީ މާޔޫސްވެފަ އެވެ. ނަމަވެސް ފިލްމު އުފައްދާ ޓީމުން ބުނަނީ 2027 ވަނަ އަހަރުގެ ވެލެންޓައިންސް ދުވަހާ ދިމާކޮށް ފިލްމު ރިލީޒްކުރުމުން، މި ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މިއީ ބޮލީވުޑްގައި މިވަގުތު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;