މެޓް އޮފީހުން ބުނީ ރާއްޖޭެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށެވެ. އަދި މެދުރާއްޖެ ތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެދުރާއްޖެތެރެއަށް އާއި ދެކުނުހައި ހުޅަނގުދެކުނާއި ހުޅަނގުން އަދި އުތުރުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނިގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. މިއަދު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމާއި ރާޅުގެ އުސްމިން ހަތަރު ފޫޓަށް ހުންނާނެކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;