ads
ބީއެމްއެލް އާއި ވީރަން މޯލްޑިވްސްގެ އޮފިޝަލުން - ފޮޓޯ/ބީއެމްއެލް
ބީއެމްއެލްއިން ވީރަން މޯލްޑިވްސްގެ ދުވުން ބާއްވަން އެހީވަނީ
ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި, ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން "ވީރަން މޯލްޑިވްސް"އާ އެކު ޕާޓްނާޝިޕެއް ގާއިމުކޮށްފި އެވެ.
Advertisement

މި އެއްބަސްވުމަކީ ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކޯޕަރޭޓް ރަންއަށް އެއްބާރުލުންދިނުމުގެ ގޮތުންވި އެއްބަސްވުމެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެގޮތުން، މި ޕާޓްނާޝިޕްގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހު އެ ހަރަކާތް އިންތިޒާމުކޮށް ކުރިއެރުވުމަށް ބޭންކުން، ވީރަން މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ އެއްބަސްވެފައެވެ.

ބީއެމްއެލްއިން ބުނީ، ވީރަން މޯލްޑިވްސްއިން ބާއްވާ ފުރަތަމަ ދުވުން މި އަހަރު ބާއްވާނެ ކަމަށެވެ.

މި ރޭހަކީ ކުޅިވަރުގެ ވާދަވެރިކަމާއި ކޯޕަރޭޓް ވަކިވަކި ސިފަތައް އެކުލެވޭ، ޓީމް ރޫހު ވަރުގަދަކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ލިބޭ ފުރުސަތެކެވެ.

ބީއެމްއެލް އިން އަންނަނީ ގައުމީ ފެންވަރުގެ މަޝްރޫއުތަކާއި ސްޓްރެޓީޖިކް ޕާޓްނަޝިޕްތަކާއި ޒުވާނުން ބާރުވެރިކުރުވުމާއި މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން އިތުރުކުރުމާއި މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;