ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި، ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމެވެ.
އެމްއައިބީން ބުނީ ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ފެށީ އެ ބޭންކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.
މިގޮތުން ތޮއްޑޫގައި ގާއިމުކުރި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ތޮއްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ފެށިއިރު، އެ ބޭންކުން ވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު މާލޭގެ އޯކިޑް މަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައި 24 ގަޑިއިރު ހިދުމަތް ލިބޭ އާ އޭޓީއެމްއެއް ވެސް ހުޅުވައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;