އެފްއެސްއެމްއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނިން ނިލަންދޫގައި ތެޔޮ ވިއްކާ މަރުކަޒެއް ގާއިމްކޮށް ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ. މިއީ އެ ކުންފުނިން ހޯދި މުހިންމު ކާމިޔާބީއެއް ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ފަސޭހަކަމާ އެކު ތެޔޮ ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން ޖުމުލަ އަށާރަ ރަށެއްގައި ތެޔޮ ވިއްކާ މަރުކަޒުތައް ބިނާކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިހާތަނަށް ފަސް ރަށެއްގެ މަސައްކަތް އެއްކޮށް ނިންމާފަ އެވެ. އެފްއެސްއެމްގެ ހިދުމަތް މިހާރު ދެމުންދަނީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ރ. ދުވާފަރު އަދި ބ. އޭދަފުށީގައެވެ.
މާލެއެކޭ އެއްގޮތަށް އަތޮޅުތަކުން ހެޔޮ އަގުގައި ތެޔޮ ނުލިބުމަކީ ރައްޔިތުންގެ އޮތް ވަރަށް ބޮޑު ޝަކުވާއެކެވެ. އެފްއެސްއެމްގެ ހިދުމަތް މާލޭގެ އިތުރުން ދެމުން އައިސްފައިވަނީ އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލައް ސިޓީ، ކޫއްޑޫ، ތިނަދޫ ސިޓީ އަދި ފެލިވަރުގަ އެވެ.
ގިނަ އަތޮޅުތަކުގައި ތެޔޮ ފޯރުކޮށްދެނީ އަމިއްލަ ފަރާތްތަކުންނެވެ. އޭގެ ސަބަބުން ތެޔޮ ގަންނަން ލިބެނީ އާއްމު ރޭޓަށްވުރެ އަގު ބޮޑުކޮށެވެ. މިކަން ހައްލު ކޮށްދެއްވުމަށް ސަރުކާރުން ނިންމެވީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ގާއިމްކުރުމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;