ދިރާގުޕޭ އެޕް މެދުވެރިކޮށް ވަކި އަދަދުތަކެއް ރީލޯޑް ކޮށްގެން ހަ އިންސައްތަ ކްރެޑިޓް އިތުރަށް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Advertisement
ދިރާގުޕޭ މެދުވެރިކޮށް ރީލޯޑްކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ލިބޭނެ ގޮތްތަކަކީ:
- 100 ރުފިޔާގެ ރީލޯޑަކަށް އިތުރު 6 ރުފިޔާ
- 200 ރުފިޔާގެ ރީލޯޑަކަށް އިތުރު 12 ރުފިޔާ
- 500 ރުފިޔާގެ ރީލޯޑަކަށް އިތުރު 30 ރުފިޔާ
ދިރާގުން ބުނީ އެ ހާއްސަ އޮފާ މެދުވެރިކޮށް ހިލޭ ކްރެޑިޓް ލިބޭނީ، ދިރާގުޕޭ އެޕްގައިވާ "ފީޗާޑް" ޓެބް މެދުވެރިކޮށް، "ދިރާގު ރީލޯޑް" އިހުތިޔާރުކޮށްގެން ކަމަށެވެ. އެއަށްފަހު، ޕްރިޕެއިޑް ފޯނު ނަންބަރާއި ރީލޯޑްކުރަން ބޭނުންވާ އަދަދު ޖެހުމުން އިތުރު ކްރެޑިޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން އެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ޖޫން މަހުގެ 16ގެ ނިޔަލަށެވެ.
ރީލޯޑް ހިދުމަތުގެ އިތުރުން ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެއެވެ.
އެ ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ހޯދައިދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމަށް ޝައުގުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.