ads
ގޮމައިގެ ޓީމް، ޖުމްލަ 10 އީދު ޝޯ ކުޅެފި
ގޮމައިގެ އީދެއް، ޖުމްލަ 10 އީދު ޝޯ ކުޅެފި
1997 ވަނަ އަހަރު މުޅި ރާއްޖެއަށް މަޝްހޫރުވި ޑާންސް ގްރޫޕް ކަމަށްވާ ގޮމަ ގްރޫޕް މިދިޔަ ދެ އަހަރުގެވެސް އެންމެ ގިނަ އީދު ޝޯ ދިން ގްރޫޕްގެ ޝަރަފު ހޯދައިފި އެވެ.
Advertisement

ޒަަމާންވީ ޑާންސް ގްރޫޕް ފާއިތުވި ބައެއް އަހަރު ތަކުގެ ތެރޭގައި އީދުގައި ޝޯދިނުމަށް ދެ ގްރޫޕަށް ނެށުންތެރިން ބަހާލަނީ ގޮމަ ގްރޫޕަށް ރަށް ރަށުގެ ޑިމާންޑް ބޮޑު ވާތީ އެވެ. 

ރާއްޖޭގައި ފުރަތަމަ ޑާންސް ގްރޫޕެއް އުފައްދައި ރިސޯޓް ތަކަށާއި ރަށްރަށުގެ އީދު ޝޯތަކާއި ހިތާނީ ޝޯތަކުގެ އިތުރުން ރާއްޖޭން ބޭރުގެވެސް އެކި ފެއާރތަކުގައި ފަރި ހަރަކާތް ދައްކާ މި ގްރޫޕަކީ ކުރީގެ ނަން މަޝްހޫރު ފެހުންތެރިޔާ ކުޅަދާނަ އާސިޔަތު ޝިމްލާ ހިންގަމުން އަންނަ ގްރޫޕެކެެވެ.

ކޮންމެ އަހަރަކުވެސް އީދާ ދިމާކޮށް ޑިމާންޑް ބޮޑުވާތީ މި އަހަރުގެ އިތުރުން މިދިޔަ އަހަރުވެސް ނެށުންތެރިން ދެ ގްރޫޕަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ރަށްތަކެއްގައި ޝޯތައް ދިންކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މި އަހަރު ޖުމްލަ ދެ ގްރޫޕުން 10 ޝޯ ތަފާތު ރަށްތަކެއްގައި ވަނީ ދީފި އެވެ. މިދިޔަ އަހަރުވެސް ދެ ގްރޫޕްގެ މަތިން ޖުމްލަ 12 އީދު ޝޯ ދިނެވެ. މިއާއެކު މި އަހަރުވެސް އެންމެ ގިނަ އީދު ޝޯ ދިން ގްރޫޕަކަށް ގޮމަ މިވަނީ ވެފައެވެ.

your imageގޮމަ ގްރޫޕްގެ އޯނަރު، އާސިޔަތު ޝިމްލާ

މި އަހަރުވެސް ޝޯ ދިން ހުރިހާ ރަށަކުން ވެސް ގްރޫޕްގެ ޕާފޯމަންސް ތަކަކަށް ވެސް ތަރުހީބު ބޮޑުވި އިރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައިވެސް ދަނީ ގްރޫޕްގެ ވީޑިއޯތައް ދައުރުވަމުންނެވެ. 

މިހާތަނަށް މުޅި ރާއްޖޭގައިވެސް އެންމެ ގިނައިން ޝޯދިން ގްރޫޕަކަށް ގޮމަ ގްރޫޕް ވެފައިވާއިރު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ގްރޫޕްގެ ނެށުންތެރިންގެ ކޮސްޓިއުމްތައް ވެސް ތައްޔާރު ކުރަނީ ގްރޫޕްގެ ވެރިފަރާތް ޝިމްލާ ކަމެވެ. ޑާންސަރުންގެ ނެށުމުގެ ހުނަރާއި އެއްވަރަށް އެ ކުދިން ލާ ހެދުންތަކަށް ވެސް އެހާ ތަރުހީބާއި ތައުރީފް ލިބެއެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;