ރައިސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ އެފަދަ ދަތުރުފުޅުތަކުގައި ދައުލަތުގެ ފައިސާ ހަރަދު ނުކުރެއްވި ނަަމަވެސް ދައުލަތުގެ ފައިސާ އެކަމަށް ހަރަދުކުރުމުގެ ހުއްދަ އޮންނަ ކަމަށާއި އެހެން ރައީސުން އެ ހުއްދައިގެ ބޭނުންފުޅު ކުަރައްވާ ކަމަށެވެ. ދަތުރުފުޅުތަކަށް ދައުލަތުގެ ފައިސާ ހަރަދުކުރައްވާ ކަމަށް، ނޫސްވެރިޔާގެ ސުވާލުގައި އޮތުމުން ރައީސް "އެއީ ހަގީގަތެއް ނެތް" ސުވާލެއް ކަމަށް ވިދާޅުވެ، ނޫސްވެރިޔާއަށް ވެސް ރައީސް ފާޑުވިދާޅުވި އެވެ.
އަމިއްލަ ދަތުރުފުޅުތަކުގައި ކުރައްވާ ހަރަދުތަކާ ބެހޭ ގޮތުން ކުރި ސުވާލާއި މިދިޔަ ބޮޑު އީދު ބަންދުގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ކުރި ސުވާލަށް ވެސް އެ މަނިކުފާނު މިއަދު ނުރުހުން ފާޅުކުރެއްވި އެވެ.
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އާއިލާއާ އެކު ކުރައްވަން މާ ކުރިިއްސުރެ ރާއްވަވާފައި އޮތް ދަތުރުފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ މިހާރުވެސް ކުރީގެ ބައެއް ރައީސުން ސަރުކާރު ހަރަދުގައި ދަތުކުރައްވާ ކަމަށެވެ. އަދި އެކަމުގެ ބިލްތައްވެސް ރައީސް އޮފީހަށް ލިބޭ ކަމަށެވެ.
ރައީސް އަމިއްލަފުޅު ދަތުރުފުޅުތަކުގެ ހަރަދުތައް އެމަނިކުފާނު އަމިއްލައަށް ކުރައްވާ ގޮތަށް ހަމަޖައްސަވާ، އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅުތަކުގައިވެސް ހަރަދު ކުޑަކުރެއްވުމަށް ފަސްޓް ކްލާހުގެ ބަދަލުގައި ބިޒްނަސް ކްލާހުން ދަތުރުކުރެއްވުމަށް ނިންމަވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;