ހެލްތު މިނިސްޓްރީއިން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ވަނީ ދަމަނަވެށި ބަންދުކުރަނީ ކުރީގެ ތެލެސީމިއާ ސެންޓަރާއި ދަމަނަވެށި ހިންގާ އިމާރާތުގައި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ގާއިމުކުރުމަށް ނިންމާފައި ވާތީ ކަމަށެވެ.
އަދި ދަމަނަވެށިން ދޭ ހިދުމަތްތައް ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭރު ހެލްތު މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ، ދަމަނަވެށީގެ ހިދުމަތްތައް މިއަދުން ފެށިގެން ދެމުންދާނީ ރަސްފަންނު ކުރިމަތީގައި ހަދާފައިވާ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުން ކަމަށެވެ.
ދަމަނަވެށިން ދެމުން އައި ހިދުމަތްތައް އެތަނަށް ބަދަލުކުރީ ވަގުތީގޮތުން ކަމަށް ބުންޏެވެ. އެއީ، ދަމަނަވެށީގެ އިމާރާތުގައި މަރާމާތު މަސައްކަތެއް ކުރިއަށްދާތީ ކަމަށް ވެސް ބުންޏެވެ.
މާލޭގެ އިތުރުން ހުޅުމާލެއިންވެސް އާބަން ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;