މޮނިކޮން އަމުރުގެ ދަށުން އަށް މީހެއްގެ ފައިގައި ޓެގް އެޅުވިކަން ހޯމް މިނިސްޓަރު ވަނީ މިރޭ އެކަން އިއުލާނުކޮށްފަ އެވެ.
މޮނިކޮން އަމުރުގެ ދަށުން، މޮނީޓާ ކުރުމަށް އެމީހުންގެ ފައިގަ ޓެގު އެޅުވުމުގެ ހުއްދަ ލިބެ އެވެ. މޮނިކޯން އަމުރު ނެރުނީ ކޮން އަށް މީހެއްގެ މައްޗަށްކަމަށް ހައިކޯޓުން ހާމަކޮށްފައި ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި އެ އަށް އަމުރު ނެރުނީ ބުރާސްފަތި ދުވަހުއެވެ.
މޮނިކޯން އަމުރު ނެރުނު މައްސަލައިގެ ބެންޗުގައި އިސްކޮށް އިންނެވީ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާންކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޝުޖާޢު އުޡްމާނާއި ގުޅޭ ސީރިއަސް މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އަދި މީގެ އިތުރުން ޝުޖާޢު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލަތަކެއް ފުލުސް އޮފީހަށްވެސް ހުށަހަޅާފައިވެއެވެ.