ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގައުމުގެ ކަންކަން މެނޭޖް ކުރަން ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި "މެދުއިރުމަތީގެ ކްރައިސިސް" ކޮމިޓީއަށް ބަދަލުތަކެއް ގެނެސް މެންބަރުންގެ އަދަދު ފަހަކަށް ތިރިކޮށްފި އެވެ.
Advertisement

މި ކޮމެޓީއަށް ބަދަލުގެންނަވާފައިވަނީ، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، 2026 އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. މިހާރު މި ކޮމެޓީ ޗެއާ ކުރައްވަނީ ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒް މިނިސްޓަރު މޫސާ ޒަމީރު އެވެ.

ކޮމިޓީގައި މިހާރު ތިއްބަވާނީ މިނިސްޓަރު ޒަމީރުގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުަހއްމަދު އަމީނެވެ.

ވަޒީރުންގެ ކޮމިޓީގެ ކުރީގެ ޗެއާއަކީ އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އެކަމަކު، މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި ހަލީލް ހިމެނެ އެވެ.

މި ކޮމެޓީ އެކުލަވާލާފައި ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާއި ކުރިމަތިވެދާނެ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;