ads
އުތުރުގެ ރަށެއްގައި އަށް އަހަރުގެ ކުއްޖެއްގެ ދެ އަތް ބަނދެ، ގަހެއްގައި އައްސާފަ
8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެފައި ބެހެއްޓި މައްސަލައެއް ފުލުހުން ބަލަނީ
ކުޑަ ކުއްޖެއްގެ ދެ އަތް ބަނދެ، ގަހެއްގައި އައްސާފައި ބެހެއްޓި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
Advertisement

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދާ ވީޑިއޯއަކުންނެވެ.

އެ ވީޑިއޯގައި ކުޑަ އަންހެން ކުއްޖަކު ގަހަކާލައި، އަތް ބަނދެފައިވެ އެވެ. އަދި ސަލާމަތްވެވޭތީ އެ ކުއްޖާ މަސައްކަތްކުރާ މަންޒަރު ވެސް ފެނެ އެވެ.

ފުލުހުން ބުނިގޮތުގައި އުމުރުން 8 އަހަރުގެ އަންހެންކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު މެންދުރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;