މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ނެޓްވޯކެއްގެ ފެންވަރު ކަނޑައެޅުމުގައި އެންމެ މުހިންމީ ހިދުމަތުގެ ދެމެހެއްޓެނިވިކަމާއި އިތުބާރު ކަމަށެވެ.
ނިޔާޒް ވިދާޅުވީ މި ލިބުނު ފަހުރުވެރި ކާމިޔާބީއަކީ ކަސްޓަމަރުންގެ އިތުބާރާއި ވަފާތެރިކަމުގެ ނަތީޖާއެއް ކަމަށެވެ.
ގައުމު ޑިޖިޓަލް ގޮތުން އިތުރަށް ގުޅިފައިވާ މުސްތަގުބަލަކާ ދިމާލަށް ދަތުރުކުރަމުންދާއިރު، އުރީދޫ މޯލްޑިވްސްއިން ދަނީ ނެޓްވޯކްގެ ގާބިލުކަން އިތުރުކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް އަދި މުޖުތަމައުތަކަށް ބޭނުންވާ ފަދަ ހައްލުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
ސުޕަނެޓް މެދުވެރިކޮށް، ރާއްޖޭގެ ފިކްސްޑް ބްރޯޑްބޭންޑްގެ މިންގަނޑުތައް އެ ކުންފުނިން ދަނީ ކަނޑައަޅަމުންނެވެ. އެގޮތުން، ކަސްޓަމަރުންނަށް އެންމެ މުހިންމު ކަންކަމާ ގުޅިފައި ތިބުމުގެ ފުރުސަތު އެ ކުންފުނިން ކަށަވަރުކޮށްދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;