ads
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރާ މައްސަލަ ބަލަން މަޖިލީހަށް ހުށަހަޅައިފި
ފާއިތުވި 10 އަހަރު މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރާތީ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
Advertisement

އެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އޭނާ ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގެ ވެރި ރަށް މާލޭގެ ތަންތަނާއި، ބިންތަކާއި އަދި އާއްމު ވަސީލަތްތަކުގެ މާލީ ނަފާ ލިބެމުންދާ އިދާރާ ކަމުގައިވާ މާލެ ސިޓީ ކައުންސިލް ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ވެސް އޮޑިޓްކޮށްފައި ނެތްކަން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި ދައުލަތުގެ އެންމެހާ އިދާރާތައް އޮޑިޓްކުރުމަށް އޮޑިޓާ ޖެނެރަލް ވެސް މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ކުޑޫ ހުށައެޅި މައްސަލާގައިވެއެވެ. 

އެހެންކަމުން މާލެ ސިޓީ ކައުންސިލް މިހާތަނަށް އޮޑިޓްކޮށްފައި ނުވަނީ ކީއްވެކަން ސާފުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށް ކުޑޫ ވިދާޅުވިއެވެ.

މީގެއިތިރުން މާލެ ސިޓީ ކައުންސިލް އޮޑިޓްކޮށްފައި ނުވަނީ ކީއްވެކަން ސާފުކުރުމަށާއި އެކަން ނުކޮށް މިހާ ގިނަ ދުވަސްވެގެން ދިޔަ ސަބަބު ރައްޔިތުންގެ މަޖިލީހުން އިތުރަށް ދެނެގަތުމާއެކު އަވަހަށް އޮޑިޓްކުރުމަށްފަހު، ރިޕޯޓުތައް އާއްމުކުރުމަށް ބާރުއެޅުމުގެ ގޮތުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް އިންތިޒާމުކޮށްދިނުމަށްވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދު ﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

އަދި  މި މައްސަލަ ކުރިއަށް ދާއިރު ގާނޫނުއަސާސީގެ 99 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން މާލެ ސިޓީ ކައުންސިލް އަދި އޮޑިޓާ ޖެނެރަލް އެ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް ވެސް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;