އިބްރާހިމް "ސީއެންއެމް" އަށް ވިދާޅުވީ އޭނާގެ ފިނޯ ސައިކަލު ކަނޑު ފެއްތީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށެވެ. އެކަމާ ގުޅިގެން ސައކަލު ހޯދުމަށް ރަށް ވަށައިގެން ހޯދައި ނުފެނުމުން، މޫދު ބަލަމުންދަނިކޮށް ސައިކަލު ފެނުނީ ރަށުގެ އުރަފަށުން ބޭރުގައި 10 މީޓަރު އަޑިން ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާހީމަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރެކެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ސައިކަލު ކަނޑު ފެއްތީ ސިޔާސީ ގޮތުން ޖައްސާލައިގެން އުޅޭ ބައެކެވެ. އަދި އެކަން ކުރި މީހުން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި، އެ މައްސަލަ ފުލުހަށް ހުށަހަޅައި، އެކަން ކުރި މީހުންގެ ނަންތައް ވެސް ފުލުހުންނާ ހިއްސާކޮށްފައި ވާކަމަށް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
އެ ސައިކަލު މިދިޔަ ބުރާސްފަތި ދުވަހު ވަނީ މޫދުން ނަގާފަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ބ. ކެންދޫ ގެއެއްގެ ކައިރީ ބަހައްޓާފައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައެއް ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ސައިކަލު ފެނިފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މަހު ބެއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، އެމްޑީޕީ ޓިކެޓުގައި ކެންދޫ ކައުންސިލްގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ވާދަކުރެއްވި އިބްރާހީމަށް ވަނީ ނާކާމިޔާބުވެފަ އެވެ. އެގޮތުން އޭނާއަށް 362 ވޯޓު ލިބުނު އިރު، 454 ވޯޓާއެކު އެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެނޑިޑޭޓް އަހްމަދު ޝާން އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;