ads
ކޮޕް28ގައި ރާއްޖޭފެ ފަރާތުން ގައުމީ ބަޔާން ރައީސް މުއިއްޒު އިއްވަވަނީ - ފައިލް ފޮޓޯ
ކޮޕް ސަމިޓަށް ރައީސް ތުރުކީއަށް ވަޑައިގަންނަވަނީ
ތިމާވެށީގެ މައްސަލަތައް ހައްލުކުރަން ރާއްޖެއިން ވަކާލާތު ކުރާނެ
ތުރުކީވިލާތުގައި ކުރިޔަށްދާ ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ އެގައުމަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މިއީ ރާއްޖެއަށް ނުހަނު މުހިންމު ސަމިޓެއް ކަމަށާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގައި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެންމެ ފުރިހަމައަށް މަސައްކަތްކުރާ އެއް ގައުމަކަށް ރާއްޖެ ވުމަކީ އަޅުގަނޑުމެންގެ އަމާޒު. މިހާރު ވެސް ގިނަގުނަ މަޝްރޫއުތަކެއް ދަނީ ހިންގަމުން. އެގޮތުން، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި، ފަސް މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫއު ފާހަގަކޮށްލެވޭ. މީގެއިތުރުން، ގޮނޑުދޮށްތައް ގިރުން ހުއްޓުވުމަށާއި މޫސުމީ އެކި މައްސަލަތަކުގައި މި ސަމިޓުގައި ރާއްޖެއިން އަޑުއުފުލާނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ސިޑްސްގައި ހިމެނޭ ކުޑަ ގައުމެއް ނަމަވެސް ރާއްޖެއިން ތިމާވެށީގެ މައްސަލަތަކަށް ވަކާލާތު ކުރައްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ވެފައިވާ އެއްބަސްވުންތައް ތަންފީޒުވަމުންދާ ވަރަކުން ރާއްޖެއަށް ފައިދާވަމުންދާނެ ކަމަށެވެ. އަދި އެކަމަށް ބާރުއަޅުއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރައްވާ ފުރަމާނަ ދަތުރުފުޅުތަކުގައި އެންމެ އިސްކަން ދެއްވަނީ ހާރިޖީ ސިޔާސަތާއި އެއްގޮތަށް ރާއްޖެއަށް ކަންކަން ފަހިވާގޮތަށް މޯލްޑިވްސް ފަސްޓް ޕޮލިސީ ތަންފީޒު ކުރުމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް