ads
އަމީތާބާއެކު އޭނާގެ ދެ ދަރިން--
އަބީޝޭކްގެ ހަނދާންތައް 1981 އަށް!
ބޮލީވުޑުގެ ލެޖެންޑް އަމީތާބު ބައްޗަންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަދި އެކްޓަރު އަބީޝޭކް ބައްޗަން މިވަނީ 1981 ގެ ހަނދާނެއް އާކޮށްފަ އެވެ. އެގޮތުން ބައްޕަ އޭނާ އާއި ދައްތަ ޝްވެތާ ސްޓޭޖައަށް އަރުވާ އެންމެނަށް ތައާރަފުކޮށްދޭ މަންޒަރު މި ވީޑިއޯ އިން ފެނިގެންދެ އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި މި ވީޑިއޯގައި ދެ މީހުން ވެސް ސްޓޭޖަށް އަރައި "ހެލޯ" އޭ ބުނެ އެވެ.

މި ވީޑިއޯ އާންމުކޮށް އަބީޝޭކް ބުނީ ލައިވްކޮށް ބައްޕަ ޕާފޯމްކުރާ ތަނެއް ބަލާލަން ލިބުމަކީ ނަސީބެއް ކަމަށެވެ. ބޮޑުވެގެން އައި އިރު އެގޮތަށް ބައްޕަ ޓީވީން ފެންނަ ކޮންމެ ފަހަރެއްގައި އަމިއްލަ ނަފްސު ސިފަވާ ކަމަށާއި އެކަމުގެ ތެރެއަށް ވަންނަން ބޭނުންވީ އެ ސަބަބާހުރެ ކަމަށް އަބީޝޭކް ބުންޏެވެ. 

ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެންދިޔަ އަބީޝޭކް އާންމުކޮށް ފެންނަނީ މަޖާ ރޯލުތަކުންނެވެ. އޭނާ ފެނިގެންދިޔަ ބައެއް ފިލްމުތަކަށް ބަލާއިރު "ބޯލްބައްޗަން" އާއި "ދޫމް" އަދި "ދޯސްތާނާ" އާއި "ރާވަން" ވެސް ހިމެނެ އެވެ. 

ފިލްމީ އާއިލާއަކަށް ނިސްބަތްވާ އަބީޝޭކް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނައިރު އޭނާގެ އުމުރުން 46 އަހަރުގެ ދައްތަ ޝްވެތާ މި ދާއިރާގައި މަސައްކަތެއް ނުކުރެ އެވެ. އެކަމަކު ވަރަށް ފަހުން އޭނާ ވަނީ އިޝްތިހާރަކުން ފެނިގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް