ads
2023 ވަނަ އަހަރު ކެންދޫ މީހުން ފެޅި ވެލާތަކުން ބައެއްް
ކެންދޫ ބަޔަކު ވެލާ ފެލީ މައްސަލައެއް އަނެއްކާވެސްް ބަލަނީ
ބ. ކެންދޫ ބަޔަކު އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހުޅުދޫގައި ވެލާ ފެޅި މައްސަލައެއް ފެންމަތިވެ ފުލުހުނ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
Advertisement

ފުލުހުން ބުނީ ބ. ހުޅުދޫގައި ބަޔަކު ވެލާ ފެޅި މައްސަލައެއް، އެ އަތޮޅު ބަޔޮފިޔާ ރިޒާވް އޮފީހުގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށައެޅީ މި މަހުގެ 11 ވަނަ ދުވަހު ހެނދުނުކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލާގެ މާބޮޑު ތަފްސީލެއްް ފުލުހުން ނުދެއެވެ. އެހެންނަމަވެސް އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންގެ ތަހުގީގު ރިޕޯޓު މިހާރު އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.  

މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރުވެސް ކެންދޫ ބަޔަކު އެ އަތޮޅުގައި އޮންނަ ކެޔޮދޫގައި ވެލާ ފެޅި މައްސަލައެއ ފެންމަތިވެ އެ މައްސަލަ ބަލާ ވަނީ ފިޔަވަޅު އަޅާފައެވެ. އެ މައްްސަލާގައި ފުލުހުން އެރަށަށް އެރި އިރު އެކަމުގައި ހިމެނުނު ހަތް މީހުން ތިބީ ވެލާ ފަޅައިގެން ކައްކާށެވެ. 

އެ މީހުން ފެޅި ހަ ވެލާއަށް ކޮންމެ އެއްޗަކަށް 33،000 ރުފިޔާގެ މަގުން ކޮންމެ މީހަކަށް 198،000 ރުފިޔާ ގެ ޖޫރިމަނާކުރި އެވެ. އެހެންނަމަވެސް، އެ އަދަދު މާ ބޮޑު ކަމަށް ބުނެ ޖޫރިމަނާ ދައްކަން އެ މީހުން ދެކޮޅު ހެދުމުން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އޭޖީ އޮފީހުގެ ލަފާގެ މަތިން ކޮންމެ މީހަކު ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާގެ އަދަދު 33،000 ރުފިޔާއަށްްވަނީ ކުޑަކޮށްދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;