ads
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު
އެމްޑީޕީން މުޒާހަރާކުރަނީ އެތެރޭގެ އިންތިހާބަށް ފޮޓޯ ހޯދަން: ޝުޖާއު
އިދިކޮޅު އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ވާދަކުރަން ބޭނުންވާ މީހުން ފޮޓޯ ހޯދަން ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީން ސިލްސިލާ މުޒާހަރާތައް ފެށީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެންނެވެ. އެރޭ އެމްޑީޕީން ވަނީ ސަރުކާރަށް 12 ކަމެއްގައި ޑިމާންޑުތަކެއް ހުށައަޅާފައެވެ. 

މި މުޒާހަރާތަކާއި ގުޅިގެން ޕީއެންސީއަށްް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާގޮތައް ކޮންމެ ރެއަކު ކުރާ މުޒާހަރާ ތަކަކީ ސަރުކާރުން ވަކިކަމެއް ގޯސްކޮށްކޮށްގެން ނުވަތަ ކުރާތީ ކުރާ މުޒާހަރާތަކެއް ނޫންކަމަށެވެ. 
" ޕާޓީގެ ލީޑަރުން ތިއްބެވީ ހެޔޮހާލުގައި ގޭގަ. ނުހައްގުން ޖަލުގައި ހުރި އެކަކުވެސް ނެތް. ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް ނެތް. ރައީސުލްޖުމްހޫރިއްޔާ ރަގަޅުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަންކަން ރަގަޅު ކުރައްވައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމަށް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން." ޝުޖާއު އެކްސްްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
ޝުޖާއު ވިދާޅުވީ މިމުޒާހަރާތަކަކީ ކުރިއަށްއޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ވާދަކުރައްވާ އެޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް ކަމަށެވެ. އަދި މީ ޤުރުބާންވީ ތިމަންނައޭ ބުނެ ޕާޓީގެ މެމްބަރުންނަށް ދައްކަން ކުރާ ކަމެއްކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. މާލެއާއި މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ލޮބުވެތި ރައްޔިތުންނަށް އެއްވެސް އަސާސެއްނެތި މިގޮތައް ކުރެވޭ އުނދަގޫތަކަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމުގައި ދެކޭކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. 

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސާރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަށް ފަހު އިދިކޮޅު އެމްޑީޕީއާއި ރައީސް ޔާމީންގެ ޕީއެންއެފްއިން އަންނަނީ ކޮންމެ ރެއަކު މާލޭގައި މުޒާހަރާކުރަމުންނެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;