ads
ޕްރިޔަންކާ އަދި ނިކް
އުމުރުގެ ތަފާތު ބޮޑަސް ނާމޫނާ ޖޯޑުތަކެއް!
ދެ ލޯބިވެރިންގެ ދެމެދުގައި އުމުރުގެ ތަފާތު މާބޮޑު ނަމަ އެކަމަށް ފާޑުކިޔާ މީހުން ވަރަށް ގިނަވާނެ އެވެ. ހާއްސަކޮށް އެއީ މީހުންގެ މެދުގައި މަޝްހޫރު ބައެއް ނަމައެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުންގެ ލޯބީގެ ވާހަކަތައް އަޑުއަހާ ހިތް ވިއަސް، އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންނާމެދު ފާޑު ކިޔުމަކީ މީހުންގެ މެދުގައި އާންމު ކަމެކެވެ. އަދި ހާއްސަކޮށް އެއީ އުމުރުގެ ގޮތުން ބޮޑު ފަރަގެއް އޮންނަ ދެ ލޯބިވެރިންނަމަ އެ ދެމީހުންނަށް ގިނަ ބައެއްގެ ފުރައްސާރަ އާއި ސަމާލުކަން ހުއްޓެއެވެ. 

އެހެންނަމަވެސް ބޮލީވުޑްގެ ގިނަ ތަރިން ދަނީ އުމުރުގެ ގޮތުން ކިތަންމެ ތަފާތު ވިނަމަވެސް އެކުގައި އުޅެވޭނެ ކަން ދައްކަމުންނެވެ. 

އެގޮތުން ފަހަކަށް އައިސް އާންމުންގެ މެދުގައި އެންމެ މަގުބޫލު ދެ ތަރިންނަކީ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އެވެ. މި ދެތަރިންގެ ކައިވެންޏަށް ބޮލީވުޑާއި ހޮލީވުޑްގެ ގިނަ ފޭނުންގެ ސަމާލުކަން ހުއްޓުނު އިރު މި ދެތަރިންގެ އުމުރުގެ ތަފާތަކީ 10 އަހަރެވެ. ނިކް އަށް ވުރެ 10 އަހަރު ޕްރިޔަންކާ އުމުރުން ދޮށިވުމުން ގިނަ ބަޔަކު އޭނާ އަށް ފާޑު ކިޔެވެ. 

your imageޕްރިޔަންކާ އާއި ނިކް

ޝާހިދް ކަޕޫރާއި އަންހެނުން މީރާ ރާޖްޕުޓް އަކީވެސް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިގެން ދިޔަ ދެ ތަރިންނެވެ. މިދެތަރިންގެ މެދުގައި 13 އަހަރުގެ ތަފާތު ހުރެއެވެ. ދެމީހުންގެ ދެމެދުގައި އޮތް ލޯބި އަދިވެސް ފަޑުވެގެން ނުދެއެވެ. ޝާހިދު އަށް 39 އަހަރު ވެފައިވާއިރު މީރާ އަށް އަދި އެންމެ 25 އަހަރެވެ. 

your imageޝާހިދް ކަޕޫރާއި އަންހެނުން މީރާ ރާޖްޕުޓް

ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރަކީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ދެ ލޯބިވެރިންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ސައިފްގެ ދެވަނަ އަތްބަށް ކަރީނާ ވީނަވެސް މިު ދެމަފިރިން އުޅޭނީ ވަރަށް އުފަލުގެ އެވެ. ސައިފް ކަރީނާ އަށް ވުރެ 11 އަހަރު ބޮޑެވެ.  

your imageސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރަކީ

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސަންޖޭ ދަތް އާއި އަންހެނުން މަންޔާތާ އަކީ ވެސް ފާހަގަ ކޮށްލެވޭ ޖޯޑެކެވެ. އެ ދެތަރިންގެ ދެމެދުގައި 19 އަހަރުގެ ފަރަގު އޮވެއެވެ. އެ ދެމަފިރިންގެ ތިން ދަރިންވެސް ތިބެއެވެ. 

your imageސަންޖޭ ދަތް އާއި އަންހެނުން މަންޔާތާ 

ދަރްމެންދްރާ އާއި ހެމާ މަލީނީ އަކީ ޒުވާނުންގެ މެދުގައިވެސް އަދި އުމުރުން ދޮށީ މީހުންގެ މެދުގައި ވެސް މަގްބޫލު ޖޯޑެކެވެ. މަޝްހޫރު ގިނަ ފިލްމުތަކަކުން ފެނި ގިނަ ބައެއްގެ ލޯބި ލިބިފައިވާ މި ދެތަރިންގެ ދެމެދު 13 އަހަރުގެ ފަރަގެއް އޮވެއެވެ. މި ދެތަރިންގެ ކައިވެންޏަށް މިހާރު ވަނީ 40 އަހަރުވެފަ އެވެ. 

your imageދަރްމެންދްރާ އާއި ހެމާ މަލީނީ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް