ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސިވިލް ކޯޓު
ބިގުން، މީރާއަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން ހުކުމެއް
ބިޒްނަސް އިމޭޖް ގްރޫޕް - ބިގުން، ދައުލަތަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

ސިވިލް ކޯޓުގެ ގާޒީ، ފައްޔާޒް ޝާތިރު ބުރާސްފަތި ދުވަހު ކުރެއްވި ހުކުމަކީ، މުދަލާއި ހިދުމަތުގެ އަގު ގޮތުން ނެގޭ ޓެކްސް ފައިސާގެ ތެރެއިން، ބިގުން މޯލްޑީވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ޖެހޭ ފައިސާއެވެ.

މި ފައިސާއަކީ ބިގުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ކަމަށް އެ ކުންފުނިންވަނީ މި މައްސަލައިގެ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެ ކުންފުނިން އެދުނީ 12 މަސް ދުވަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތަކެވެ. އެހެންނަމަވެސް މީރާއިން އެދުނީ ފަސް މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާށެވެ.

މި މައްސަލައިގައި ހުކުމް ކުރީ، ފަސް މަސް ދުވަހުގެ ތެރޭގައި، 1023561.04 ރުފިޔާ ދައްކާ ހަލާސް ކުރާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް