ސިނަމާލެ ބުރިޖު މަތިން ހޮވާފައިވާ 500 ރުފިޔާގެ ވެރިއެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

Advertisement
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން މިއަދު ވަނީ އިއުލާންކޮށްފައެވެ. ފުލުހުން ބުނީ މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށެވެ.
ފުލުހުން ވެރިން ހޯދާ ތަކެތި
މާފަންނު ޕޮލިސް
- އެޕްރީލް 6 ވަނަ ދުވަހު ސެންޓްރަލް ކުލިނިކް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓް ޓޫލްސްތަކެއް. އިންސިޑެންޓް ނަންބަރު 680669
- އެޕްރީލް 15 ވަނަ ދުވަހު އައިޖީއެމްއެޗް ތެރެއިން ހޮވައިގެން ގެނެސްފައިވާ 50 ރުފިޔާ. އިންސިޑެންޓް ނަންބަރު 681920
ގަލޮޅު ޕޮލިސް
- އެޕްރީލް 9 ވަނަ ދުވަހު ޝަބްނަމްމަގު، ގަލޮޅު ދަނޑުކައިރިން ހޮވައިގެން ގެނެސްފައިވާ ކަރަންޓުނަރު ގޯންޏެއް. އިންސިޑެންޓް ނަންބަރު 681158
- އެޕްރީލް 19 ވަނަ ދުވަހު ސިނަމާލެ ބުރިޖު މަތިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރު 682427
ހެންވޭރު ޕޮލިސް
- އެޕްރީލް 3 ވަނަ ދުވަހު މަޖީދީމަގު، މޯބައިލް ފިކްސް ކުރިމަތިން ހޮޮވައިގެން ގެނެސްފައިވާ ކެސިއޯ ބްރޭންޑުގެ އަތުކުރީ ގަޑިއެއް. އިންސިޑެންޓް ނަންބަރު 680490
- އެޕްރީލް 8 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގު، ނަސަންދުރަ ކައިރިން ހޮޮވައިގެން ގެނެސްފައިވާ ވޮލެޓެއް. އިންސިޑެންޓް ނަންބަރު 681128
- އެޕްރީލް 11 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގު، ބީއެމްއެލް ކައިރިން ހޮޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރު 681330
- އެޕްރީލް 18 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގު، 1 ނަންބަރު ޖެޓީ ކައިރިން ހޮޮވައިގެން ގެނެސްފައިވާ ކޮސްމެޓިކްސް ސާމާނުތަކެއް ހުރި ފޮށިގަނޑެއް. އިންސިޑެންޓް ނަންބަރު 682335
ހުޅުމާލެ ފޭސް 2 ޕޮލިސް
- މާރިޗު 27 ވަނަ ދުވަހު ހިޔާ ފުލެޓް 7 ވަނަ ޓަވަރު ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެންޓު ފުޅިތަކަކާއި ފާރުގައި ހަރުކުރާ ގަޑިއެއް. އިންސިޑެންޓް ނަންބަރު 679606
- އެޕްރީލް 3 ވަނަ ދުވަހު ހިޔާ ފުލެޓް 11 ވަނަ ޓަވަރު ބެންޗުމަތިން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ ދަބަހެއް. އިންސިޑެންޓް ނަންބަރު 680498
ވިލިމާލެ ޕޮލިސް
- އެޕްރީލް 11 ވަނަ ދުވަހު ވިލިމާލެ މައްސާގު ގޯޅިން ހޮވައިގެން ގެނެސްފައިވާ ރެޑްމީ ބުރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 692330
މި ތަކެތީގެ ވެރިފަރާތްތަކުން އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު އެ ސަރަހައްދެއްގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް ފުލުހުން އެދެއެވެ.