ads
ސައުދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު މިމަހު ބަހަނީ
ސައުދީން ހަދިޔާކުރި ކަދުރު މިމަހު ބަހަން ފަށަނީ، ގެއަކަށް ޕަކެޓެއް
ސައުދީން ހަދިޔާކުރި ކަދުރު މިމަހު ބަހަން ފަށާނެކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ 1447ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރައްވާފައިވާ 50 ޓަނު ކަދުރު އެ މިނިސްޓްރީއަށް މިހާރު ވަނީ ލިބިފައިކަމަށެވެ. 

ސިޓީތަކާއި، ރަށްރަށަށުގައި ކަދުރު ބަހާނީ، އެ ސިޓީއަކަށް ނުވަތަ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރުކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ސިޓީތަކާއި، ރަށްރަށަކަށް އަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕަކެޓް ކަދުރުގެ ރޭޓުންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.  މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ކަދުރުބަހާނެ މުއްދަތާއި ގަޑި 

  •  ތާރީހް: 2026 އެޕްރީލް 26އިން މެއި 14އަށް 
  • ގަޑި: ހެނދުނު 09:30 އިން 13:00އަށް
  • ބޭނުންވާނެ ލިޔެކިޔުން: ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކޮޕީ އަދި އެޑްރެސް/ކަރަންޓް މީޓަރުގެ ނަންބަރު އެނގޭނެ ލިޔުމެއް.

މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމީ މަރުކަޒުގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިގޮތުން ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓް މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން، ކަދުރާ ހަވާލުވުމަށް ކައުންސިލްތަކުންނާއި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުން އިސްލާމީ މަރުކަޒަށް އައުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;