ads
މިދިޔަ މާޗު މަހު ބޭއްވި ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ. - ފޮޓޯ/ބީއެމްއެލް
ބީއެމްއެލްއަށް ފުރަތަމަ ކުއާޓަރުގައި 631 މިލިއަނުގެ ސާފު ފައިދާއެއް
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ސާފު ފައިދާގެގޮތުގައި 631 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެބޭންކުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
Advertisement

ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ބުނީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. ޓެކްސް އަށް ކެނޑުމަށް ފަހު ސާފު ފައިދާއަކީ 631 މިލިއަން ރުފިޔާ ކަމަށް ބުންޏެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 27 ޕަސެންޓުގެ ކުރިއެރުމެކެވެ. 

"2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުން ހޯދާފައިވާ ބޮޑު ކުރިއެރުމަކީ ބޭންކުގެ މާލީ ދުޅަހެޔޮކަމާއި އެސެޓްތަކުގެ ފެންވަރު ރަނގަޅުކަމުގެ ހެއްކެކެވެ،" ބީއެމްއެލުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައި ވެ އެވެ.

ބީއެމްއެލްއިން ބުނީ ބެންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި އެއީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން ކަމަށެވެ.

ބޭރު ފައިސާގެ ދާއިރާއަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް 226 މިލިއަން ޑޮލަރަށްވުރެ ގިނައިން ވިއްކާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފެބްރުއަރީ 28 އިން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވެ، ކާޑުގެ މުއާމަލާތްތަކުން ބޭރުން އަންނަ ފައިސާ ގާތްގަނޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާ ކަމަށާއި، ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ ދެގުނަ އިތުރުވެފައިވާ ކަމަށް ވެސް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.

ބީއެމްއެލުން އިތުރަށް ބުނެފައިވާ ގޮތުގައި، އޭޕްރީލް މަހު ތ. ވިލުފުށި، އއ. ތޮއްޑޫ، ހދ. ހަނިމާދޫ، ލ. ހިތަދޫ، ސ. ހުޅުދޫ އަދި ކުޅުދުއްފުށީ ސިޓީގައި އައު ބްރާންޗުތައް ހުޅުވައި، ރާއްޖޭގެ 70 ރަށެއްގައި 90 އޭޓީއެމް ވަނީ ބަހައްޓައިފަ އެވެ. އެ ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގަ އެވެ. 

އެ ބަދަލުތަކާއެކު ބޭންކުގެ ވިއުގައިގައި މިހާރު 253 ދިވެހި ރުފިޔާ އޭޓީއެމް އަދި 86 ޔޫއެސް ޑޮލަރު އޭޓީއެމް ހިމެނެ އެވެ. އަދި ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ ބޯނަސް ހިއްސާ ދޫކުރުމާއި ހިއްސާ ބައިކުރުމާ ގުޅިގެން 3.6 ބިލިއަން ރުފިޔާއިން 28.2 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.

ބީއެމްއެލްއިން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި އެ ބެންކަށް މިދިޔަ އަހަރު 2.5 ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައި ވެއެވެ. އެއީ އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަށް ވުރެ 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;