އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު މަރާމާތަށް ބަންދުކޮށްފައިވާ ކަމަށެވެ.
އެ ސެންޓަރުން ދެމުންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް މި މުއްދަތުގައި އައިޖީއެމްއެޗް ޖެނެރަލް އޯޕީޑީއަށް ވަނީ ބަދަލުކޮށްފަ އެވެ. މީގެ އިތުރުން ވެކްސިން ޖެހުމުގެ ހިދުމަތް ދަމަނަވެށިން ލިބޭނެ ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.
އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;