ads
އަޝްފާ އޭނާގެ ފިރިމީހާއާއެކު
ފިރިމީހާގެ އުފަންދުވަހު އާޝްފާގެ ފަރާތުން ލޯބީގެ ބަސްތަކެއް
ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި އާޝާ (އަޝްފާ) އޭނާގެ ފިރިމީހާގެ އުފަންދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ހާއްސަ އަދި ލޯބިން ފުރިގެންވާ މެސެޖެއް ހިއްސާކޮށްފި އެވެ.
Advertisement

އިންސްޓަގްރާމްގައި އޭނާ ކުރި ޕޯސްޓެއްގައި ވަނީ ފިރިމީހާ ދެކެ ވާ ލޯބި ވަރަށް ފުންކޮށް ބަޔާންކޮށްދީފަ އެވެ.

އަޝްފާ ބުނި ގޮތުގައި އޭނާގެ ފިރިމީހާއަކީ އޭނާގެ އެންމެ ބޮޑު އުފާވެރިކަން ކަމަށާއި، އަދި އޭނާގެ ދުނިޔެ ފުރިހަމަވާ ސަބަބަކީ ވެސް ފިރިމީހާ އެވެ. އަދި ކޮންމެ ހާލަތެއްގައި ވެސް ފިރިމީހާއާއެކު ސާބިތުވެ ހުންނާނެ ކަމަށާއި، ދުވަހެއް ދުވަހަކަށް އޭނާ ދެކެ ވާ ލޯބި އިތުރުވާނެ ކަމަށް ވެސް އެ ޕޯސްޓުގައި އަޝްފާ ބުންޏެވެ.

މި ޕޯސްޓު ނިންމާލަމުން އަޝްފާ ވަނީ ފިރިމީހާއަށް އިތުރު ކާމިޔާބީއަށް އެދި ދުއާކޮށްފަ އެވެ. އަދި އެ ދެމީހުންގެ ގުޅުން އެސްފީނާއިން ސަލާމަތްކޮށްދެއްވައި، އެ ގުޅުމުގައި އިތުބާރާއި ބަރަކާތް ލެއްވުމަށް އެދި الله އަށް ދުއާކޮށްފައިވެ އެވެ.

11%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;