އެޗްއާރްސީއެމް އިން ނެރުނު ނޫސް ބަޔާނުގައި ބުނީ ބައެއް ސިޔާސީ ޕާޓީތަކުން ސިލްސިލާ ގޮތެއްގައި މާލޭގައި ބާއްވާ މުޒާހަރާތަކުގައި، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކައި، އެވާހަކަތައް މީޑިޔާގެ ޒަރީއާއިން އާންމުވެ، އެކަމުގެ ސަބަބުން، އާންމުންގެ މެދުގައި ނަފުރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރުލިބޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.
މިފަދަ އަމަލުތައް ކުށްވެރިކުރަމުން އެޗްއާރްސީއެމް އިން ބުނީ ސިޔާސީ ޕާޓީތަކުންނާއި ފާޓީތަކުގެ އިސްފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށް އެ ކޮމިޝަންގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައިވެ އެވެ.
މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި އެނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވީ ނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، އަނެކާގެ ހައްގުތަކަށް އިހްތިރާމް ކުޑަނުވާނެގޮތަށް ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.
އެ ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތައް ސުލްހަވެރިކަމާއެކު، ކަނޑައެޅިފައިވާ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކަށް އިލްތިމާސްކޮށް ފައެވެ.
އެމްޑީޕީއާއި ޕީއެންއެފުން ވެސް އެއްވުންތައް ބާއްވަން ފެށީ، ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތްކަން ހާމަވެފައިވާ ކަމަށް ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;