ads
ރައީސް ނަޝީދު
ރައީސް ނަޝީދު މިރޭ މުޒާހަރާއަށް ނުކުންނަވަނީ
އިދިކޮޅު އެމްޑީޕީން މިހާރު ކުރިއަށްގެންދާ ސިލްސިލާ އިހުތިޖާޖުގައި މިރޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަން ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން އެމްޑީޕީގެ ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި މިރޭގެ އިހުތިޖާޖުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފަ އެވެ.

ސަރުކާރަށް 12 ޑިމާންޑެއްކޮށް އެމްޑީޕީން އިހުތިޖާޖު ފެށިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެ މުޒާހަރާތަކަށް ފުލުހުން ފުރުސަތު ނުދެ އެވެ. ކޮންމެ ރެއަަކުވެސް މުޒާހަރާ ކުރާއިރު، ރައީސް ޔާމީންގެ ޕީއެންއެފުންވެސް އަންނަނީ ސަރުކާރާ ދެކޮޅަށް ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ. 

އެމްޑީޕީން މަގުތަކުގައި އިހުތިޖާޖު ކުރަމުން އަންނަނީ ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ ކަމަށް ބުނެ އެވެ. އެ ދުވަހު ނެގި ތިން ވޯޓުގެ ތެރެއިން ދެ ވޯޓުން ސަރުކާރު ވީ ބައްޔެވެ. 

އެމްޑީޕީން ސަރުކާރަށް މި 12 ޑިމާންޑުކޮށްފައިވާއިރު، ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަން ނަޝީދު އޮތީ ގޮވާލައްވާފަ އެވެ. ނަމަވެސް، މަޝްވަރާ ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.  

އެމްޑީޕީގެ އާއްމު މެންބަރުންނާއެކު މިރޭ މަގުމައްޗަށް ރައީސް ނަޝީދު ނުކުންނަވާނެ ކަމުގެ ރިޕޯޓްތައް ލިބިފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. އެމަނިކުފާނު ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އާއި އެ ޕާޓީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީއާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;