މުދަލު ޒަކާތުގެ ނިސާބު އެންމެ ފަހުން ރާއްޖޭގައި ކަނޑައެޅި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 22ވަނަ ދުވަހުއެވެ. އޭރު ކަނޑައެޅީ ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 11,191.95 ރުފިޔާކަމަށެވެ.
ޒަކާތު ހައުސްއިން މިއަދު މިވަނީ އަނެއްކާވެސް މުދަލު ޒަކާތް ނެރުންް ވާޖިބުވާ ނިސާބުގެ އަދަދު ކަނޑައަޅާފައެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ އިދާރާއިން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 21,836.50 ރުފިޔާކަމަށެވެ.
ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.
އެމީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް ޒަކާތް ދައްކަން ޖެހެއެވެ. ޒަކާތް ދައްކަން ޖެހޭނީ އޭގެ 40 ބައިކުޅަ އެއްބަ އެވެ. އެއީ 2.5 ޕަސެންޓެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;