ads
ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މީކާއީލް އަހުމަދު ނަސީމް، އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ/އެމްޑީޕީ
މީކާއިލްގެ "އިތުބާރު" ކެމްޕޭން މިއަދު ލޯންޗުކޮށްފި
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ "އިތުބާރު" ކެމްޕޭން މިއަދު ލޯންޗުކޮށްފި އެވެ.
Advertisement

މީކާއިލް ކެމްޕޭން ޓީމުން މިއަދު ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއިލް ވިދާޅުވީ އޭނާ ޕާޓީގެ ކަންކަން ކުރިއަށްގެންދާނީ އާންމު މެންބަރުން އެދޭ ގޮތަށް ކަމަށެވެ. މީކާއިލް ވިދާޅުވީ ޕާޓީގެ ލީޑާޝިޕާއި ގްރާސްރޫޓް މެންބަރުންނާ އޮތް ގުޅުން ކުޑަވެފައިވާތީ އެންމެ ބޮޑު އަމާޒަކީ އެ ގުޅުން އަލުން ބަދަހިކޮށް، މެންބަރުންގެ އިތުބާރު ހޯދުންކަމަށް މީކާއިލް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެތް ނެތް މި އިންތިހާބު ކާމިޔާބު ކުރާނީ އިތުބާރު ކެމްޕޭން، އަދި އަޅުގަނޑުގެ ޗެއާޕާސަން ކަމުގައި 2028 ގެ ރިޔާސީ އިންތިހާބު އަޅުގަނޑުގެ ކާމިޔާބު ކުރާނަން،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ޗެއާޕާސަން ކަމަށް އޭނާ އިންތިހާބު ވެއްޖެނަމަ ޕާޓީގެ ސަފުތައް ބަދަހިކޮށް އެއްބައިވަންތަކަން އާލާ ކުރުމާއި އެއްވެސް ފަރުދެއްގެ އަމިއްލަ މަސްލަހަތަށްވުރެ ޕާޓީ އާއި ޕާޓީ މެމްބަރުންގެ މަސްލަހަތު އިސްކުރައްވާނެ ކަމަށެވެ.

އޭނާ ވާދަކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދުގެ ތާއިދާ އެކު ކަމަށް މީކާއިލް މިއަދު ވިދާޅުވި އެވެ. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުންގެ ތާއިދު އޮތް ކަމަށް މީކާއިލް ވިދާޅުވި އެވެ. 


ޗެއާޕާސަންގެ އިންތިހާބުގައި ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެ ޕާޓީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީ އެވެ. 

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ޗެއާޕާސަންގެ މަގާމަކީ ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ، ޕާޓީގެ އެތެރޭގެ ހިންގުމާއި އިދާރީ ކަންކަން ރާވާ އިންތިޒާމުކުރާ އެންމެ އިސް މަގާމެވެ. މީގެ ތެރޭގައި ސަރުކާރާއި އެހެނިހެން ސިޔާސީ ޕާޓީތަކާއެކު މުއާމަލާތް ކުރުމާއި، ޕާޓީގެ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ފަދަ މުހިންމު ޒިންމާތައް ހިމެނެ އެވެ.

އިދިކޮޅު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެފައިވާ މި ވަގުތުގައި ސިޔާސީ ޕާޓީތައް ރިފޯމް ކުރަން "އެދޭ ރާއްޖެ" ޓީމުން މިއަދު ވަނީ ގޮވާލާފަ އެވެ. "ސިޔާސީ ޕާޓީގެ އިސްލާހަށް" ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމުގެ ތެރޭގައި: 

ހުށައެޅުން

  • ޕާޓީތަކަށް ފައިސާ ލިބޭނެ ހަރުދަނާ ގޮތްތަކެއް ހޯދުމާއެކު އެތެރޭގެ އިންތިހާބުގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ގައުމީ އިންތިހާބަކަށް ވާދަ ކުރުމުގެ ފުރުސަތު ހޯދުމަށްޓަކައި ޕްރައިމަރީތަކުގައި ވާދަ ނުކުރުމާއި ލީޑަޝިޕުގައި ތިބޭ މީހުން ޖަވާބުދާރީވާން ލާޒިމް ވުމާ އެކު ލީޑަ ޝިޕާ މެދު ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ފުރުސަތު ހޯދުމަށް

ނަތީޖާ

  • ސިޔާސީ ޕާޓީ ހަރަކާތް ހިންގުން ހަރުދަނާ ވެފައިވާ މިންވަރަށް ބަލާއިރު ޕާޓީތަކުން ފައިސާ ހަރަދު ކުރަނީ ޕާޓީ އާއި މެމްބަރުންގެ މަސްހަލަތު ހިމާޔަތް ކުރެވޭނެ ހަމަ އާއި އުސޫލުންތޯ ކަށަވަރުވެ، ޕާޓީ ހިންގުމުގެ ޒިންމާ އާ ހަވާލުވެ ތިބޭ މީހުންނަށް އިންތިހާބުތަކުގައި ވާދަ ނުކުރެވުމާއި ޕާޓީގެ އެންމެ އިސް މަސްލަހަތަކީ އާންމު މެމްބަރުންގެ މަސްލަހަތުކަމަށް ވުމުން ޕާޓީ ހިންގާ މީހުން ޒިންމާދާރު ކުރެވި ޖަވާބުދާރީ ކުރުމަށް ފަސޭހަވެ ޕާޓީގެ އެންމެ މަތީ ބާރަކީ އާންމު މެމްބަރުންކަން ކަށަވަރު ކުރެވި، ނަޒާހަތްތެރިކަން ލިބިފައިވާ މީހުންނަށް ސިޔާސީ ޕާޓީތަކުން ޖާގަ ލިބުން
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;