ads
ޝަފީގް
އެމްޕީއެލްގެ ސީއީއޯކަމަށް ހުސައިން ޝަފީގް އައްޔަންކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ޝަފީގް އައްޔަންކުރައްވައިފި އެވެ.
Advertisement

އޭނަ އެ މަގާމަށް އައްޔަންކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ޕީސީބީ) އިން މިއަދު އިއުލާންކުރި އިރު، ޝަފީގަކީ މި ސަރުކާރު އައި ފަހުން އެމްޕީއެލްގެ އެމްޑީއަކަށް އައްޔަންކުރި ތިން ވަނަ ބޭފުޅާ އެވެ.

ކަނޑުދަތުރުފަތުރު މެނޭޖުކޮށްް ބެލެހެއްޓުމުގެ ދާއިރާއިން 35 އަހަރުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ޝަފީއަކީ މާސްޓާ މެރިނާއެކެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖަރު ކަމުގައިވާ މަހަޖައްރާފުގެ ފުރަތަމަ ދިވެހި ކެޕްޓަނެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ކަނޑު އުޅަނދުފަހަރާއި ފުލީޓުތަކުގެ އިސް ކެޕްޓަނުގެ މަގާމު އަދާކުރައްވައި އެ ދާއިރާގެ ފުރިހަމަ ތަޖުރިބާ ހާސިލުކުރައްވާފައިވެއެވެ. 

ސްްރީލަންކާއިން މާސްޓާ މެރިނާގެ ސަނަދު ހާސިލުކުރެއްވުމުގެ އިތުރަށްް މެރިޓައިމް ސައެންސްގެ ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާވެސް ހާސިލުކުރައްވާފައިވެ އެވެ. އަދި އެ ދާއިރާއާ ގުޅޭ މުހިއްމު އެކި ހުނަރުތައް ދަސްކުރައްވައި، އަމަލީ ގޮތުން އެ ހުނަރުތައް ބޭނުންކުރެއްވުމުގެ ތަޖުރިބާ ޝަފީގު ހާސިލުކުރައްވާފައިވެ އެވެ. 

އެ ކުންފުނީގެ އެމްޑީއަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ރިޝްވާން އެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ 6 ގަ އެވެ. އޭނަ އެމްޑީއަކަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ގަ އެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ އެމްޕިއެލްގެ އެމްޑީގެ މަގާމު ފުރުއްވީ މުހައްމަދު ވަޖީހު އިބްރާހީމެވެ. އޭނަ އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 2 ގަ އެވެ. އޭނަ އެމްޑީއަކަށް އައްޔަން ކުރީ 28 ނޮވެމްބަރު 2023، ގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;