ads
ލިޓަން މަރާލިކަން ސާބިތުވެ ނިޒާމް އުމުރަށް ޖަލަށް
ލިޓަން މަރާލިކަން ސާބިތުވެ ނިޒާމް އުމުރަށް ޖަލަށް
ބޯޓެއްގައި އުޅުނު ބިދޭސީއަކު ގެއްލުނު މައްސަލާގައި، އޭނާ މަރާލުމުގެ ދައުވާ ސާބިތުވި މުހައްމަދު ނިޒާމް އުމުރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
Advertisement

ޑިސެމްބަރު 2022 ގައި ވިލިމާލެއިން ފުރި ބޯޓަކުން ދަތުރުކުރި ބަންގްލަދޭޝް އަށް ނިސްބަތްވާ ލިޓަން ވީނުވީ ނޭނގި ވަނީ ގެއްލިފަ އެވެ.

އޭނާ މޫދަށް ވައްޓާލައިގެން މަރާލާފައިވާ ކަމަށް ބުނެ  ދައުވާކުރީ ގދ. ތިނަދޫ މަނާރު، ނިޒާމްގެ މައްޗަށެވެ.

އެ މައްސަލާގައި ނިޒާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންގަނޑަށް ސާބިތުނުވި ނަމަވެސް އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތި ކުރި ކަމަކުން މީހަކު މަރުވުމުގެ ދައުވާ ގާނޫނުލްއުގޫބާތުގެ ދަށުން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.

އެކަމުގެ އަދަބެއްގެ ގޮތުން ނިޒާމް 25 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 21 އަހަރާއި 10 މަހުގެ މުއްދަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;