ޕޯސްޓް ބިލްޑިންގައި ދެމުން އައި ޕޯސްޓުގެ ހިދުމަތްތައް ބަދަލުކޮށްފައި މިވަނީ "މޯލްޑިވްސް ޕޯސްޓް ސާވިސް ސެންޓަރަށް" ށެވެ.
މި ބަދަލު ގެނެސްފައި މިވަނީ ޕޯސްޓު އޮފީސް ހުންނަ ބޮޑުތަކުރުފާނުމަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނާތީއެވެ.
ޕޯސްޓް އޮފީހުން ބުނީ މި ބަދަލަކީ ޕޯސްޓްގެ ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށާއި ޕާރުސަލް ނެގުމަށް އަންނަ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ.
މޯލްޑިވްސް ޕޯސްޓް ސާވިސް ސެންޓަރުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9 އިން ހަވީރު 5އަށް ހިދުމަތް ލިބޭނެކަމަށް ޕޯސްޓް އޮފީހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;