ads
މޯލްޑިވިއަންގެ އެއާބަސް އޭ330 ބޯޓު ނުވަތަ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް
މޯލްޑިވިއަން އާއި ސްރީލަންކަންއާއި ދެމެދު އެއްބަސްވުމެއް
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ވަން ވޯލްޑް އިއްތިހާދުގެ މެމްބަރު ލަންކާގެ ގައުމީ އެއާލައިންސް ސްރީލަންކަން އެއާލައިންސްްއާއި އެކު ގްލޯބަލް ނެޓްވޯކެއްގެ ގުޅުން އިތުރުކުރުމުގެ މަގުސަދުގައި ސްޓްރެޓެޖިކް ޕާޓްނަޝިޕެއް ހަދާފި އެވެ.
Advertisement

މި ޕާޓްނަޝިޕްގެ ދަށުން ސްރީލަންކަން އެއާލައިންސްގެ ފުޅާ ބައިނަލްއަގްވާމީ ނެޓްވޯކުން މާލެއިން ބޭރުގައި 17 މަންޒިލަކަށް ކުރާ ދަތުރުތަކުގައި އިތުރު ފަސިންޖަރުންނަށް މަރުހަބާ ކިއިގެންދާނެ ކަމަށް އެ މޯލްޑިވިއަން އިން ބުނެ އެވެ. 

އަދި މި ޕާޓްނަޝިޕްގެ ސަބަބުން ދުނިޔޭގެ މުހިންމު މާކެޓްތަކުން ކޮލަމްބޯ މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ގުޅުން ބަދަހިވެ، ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިވެ، ފަސިންޖަރުންނަށް ފަސޭހަވެގެންދާނެ ކަމަށް އެ އެއާލައިން އިން ބުނެ އެވެ.

މީގެ އިތުރުން މި ޕާޓްނަޝިޕްގެ ސަބަބުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތަކަށް ކޮލަމްބޯ މެދުވެރިކޮށް ބައިނަލްއަގްވާމީ ގިނަ މަންޒިލްތަކަށް ފަސޭހައިން ދަތުރު ކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.  

"ޕާޓްނަޝިޕަކީ ރާއްޖެ އަށް އެކްސެސިބިލިޓީ އިތުރުކޮށް، އިތުރު ރަށްތަކާއި މެދު އޮންނަ ގުޅުން ބަދަހިކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ އަނެއް މުހިންމު ފިޔަވަޅެއް، ރާއްޖޭގެ އެއާލައިންސްގެ ފުޅާ ދާއިރާއެއްގައި ގްލޯބަލް ރީޗާއި އަޅުގަނޑުމެންގެ ޑޮމެސްޓިކް ނެޓްވޯކާއި އެކު، މި ކޯލަބްރޭޝަންގެ ސަބަބުން ޓޫރިޒަމް ކުރިއެރުމަށް އެހީތެރިވެދިނުމުގެ އިތުރުން ދިވެހިންނައް ބައިނަލްއަގްވާމީ ދަތުރުފަތުރުތައް ފަސޭހަވެގެންދާނެ.”މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި އެވެ.

މި ޕާޓްނަޝިޕަކީ ސަރަހައްދީ އެއްބާރުލުން ހަރުދަނާކުރުމާއި، ނެޓްވޯކް އިންޓަގްރޭޝަން އިތުރުކުރުމާއި، އެއްވެސް ދަތިކަމެއް ނެތި ދަތުރުފަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމާއި، މޯލްޑިވްސްއަށް ފަތުރުވެރިކަމާއި ވިޔަފާރީގެ ދަތުރުތައް ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ އިތުރުން މޯލްޑިވިއަނުންނަށް ފަސޭހަ އައުޓްބައުންޑް ދަތުރުތައް ފަހިކޮށްދިނުމަށް ދެ އެއާލައިންގެ ވައުދާއި އެއްގޮތް ޕާޓްނަޝިޕެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;