ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަބީޝެކް ބައްޗަން ބުނި ގޮތުގައި، އޭނާގެ ފިލްމުތަކާ ބެހޭގޮތުން އޭނާގެ އަންހެން ދަރިފުޅު އާރާދިޔާ ބައްޗަންގެ ހިޔާލު އޭނާ ދުވަހަކުވެސް ނާހާނެ އެވެ. އޭނާ ބުނީ އޭނާގެ ފިލްމުތަކާ މެދު ދަރިފުޅު ދެކޭ ގޮތް އަޑުއެހުމުގެ ހިތްވަރު އޭނާގެ ނެތް ކަމަށެވެ.
އޭނާ އިތުރަށް ބުނީ ފަހަރެއްގައި އެކުއްޖާ ބޮޑުވެ، އޭނާގެ އަމިއްލަ ދަރިން ލިބުމުން، އޭރުން އެކަމާ މެދު ވިސްނާފާނެ ކަމަށެވެ. އެކަމަކު މިވަގުތަށް އޭނާ ބޭނުންވަނީ އެ ހިޔާލުތަކުން ދުރުގައި ހުރެ މަސައްކަތް ކުރާށެވެ.
އަބީޝެކް އާއި އައިޝްވާރިޔާ ރާއީ ބައްޗަންގެ ކައިވެންޏަށް މިހާރު 19 އަހަރު ވެއްޖެ އެވެ. އާރާދިޔާ އަކީ އަމިއްލަ ނަފްސަށް އިތުބާރު އޮންނަ ކުއްޖެއް ކަމަށް އޭނާގެ މައިންބަފައިން ކުރިން ވެސް ފާހަގަކޮށްފައިވެ އެވެ. އަބީޝެކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރާޖާ ޝިވާޖީ" އަދި "ކިންގް" ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;