އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަހަރުގެ ނިޔަލަށް ބިލްތައް ގަވާއިދުން ދައްކާ މީހުންނަށް މާފުކޮށްދޭނީ މިދިޔަ އަހަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ.
އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ [email protected] އަށް އީ-މެއިލް ކުރުމުން އެހީތެރިކަން ލިބޭނެ ކަމަށް ބުނެފަ އެވެ.
މީގެކުރިން ވެސް ފެން ބިލްތަކުގެ ޖޫރިމަނާ ދެއްކުމުގައި ލުއި ގޮތްތަކެއް އެ ކުންފުނިން ހަމަޖައްސައިދިނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;