އެ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިދިޔަ ޖަނަވަރީ މަހު ހޮވައި، މިހާރު ވަނީ ލޯންޗު ހަވާލުކޮށްފައެވެ. އެހެންކަމުން، މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ އެންމެ ފަހު ނަސީބުވެރިޔާއަކީ ކޮބައިތޯ ބެލުމަށްކަން ދިރާގުން ފާހަގަކުރިއެވެ.
އެ ޕްރޮމޯޝަނަކީ ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. އެގޮތުން، ޕްރޮމޯޝަންގެ ފުރަތަމަ ބުރުގައި ބައިވެރިވި މީހުން ވެސް ދެވަނަ ގުރުއަތުލުމުގައި ހިމެނޭނެ އެވެ.
އެންމެ ފަހު ސްޕީޑްބޯޓު ހާސިލުކުރުމުގެ ފުރުސަތު ދެމެހެއްޓުމަށްޓަކައި، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކޮށް، ހިދުމަތްތައް މެދުނުކެނޑި ބޭނުންކުރުމަށް ދިރާގުން އިލްތިމާސްކުރެ އެވެ.
ދެވަނަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ގުރުއަތުލުމުގެ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ދިރާގުން ބުންޏެވެ.
"ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަނަކީ ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބުނު ޕްރޮމޯޝަނެއްކަން ދިރާގުން ފާހަގަކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;