ރިޕޯޓްތައް ބުނާ ގޮތުން، މާއްޓޭގެ މައިގަނޑު މެންޑޭޓަކީ، ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ލާމަރުކަޒީ އުސޫލުން ބައްޓަންކޮށް، ކުޅިވަރުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތް ވިލަރެސް ކުރުމެވެ. މި މެންޑޭޓްގެ ދަށުން މާއްޓޭ އައްޔަންކުރައްވާފައިވަނީ ސްޕެޝަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮން ސްޕޯޓްސް ޑީސެންޓްރަލައިޒޭޝަންގެ މަގާމަށެވެ.
މައުރޫފަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ކީޕަރުގެ އިތުރުން، ކޯޗިންގ އާއި ހިންގުމުގެ ދާއިރާގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ރަން ޒަމާނުގައި އެ ކްލަބުގެ ގޯލް ބެލެހެއްޓުމަށްފަހު، ކޯޗެއްގެ ގޮތުގައި ނުކުމެ އޭނާ ވަނީ ރާއްޖޭގެ ގިނަ މުބާރާތްތަކެއްގެ ތަށި އުފުލާލާފައެވެ.
މީގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ފުރުއްވައި، ކުޅިވަރުގެ ސިޔާސަތުތައް އެކުލަވާލުމުގައި މައުރޫފަކީ އަމަލީ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;