ހަޔާ އެޑިއުކޭޝަނުން ބުނީ "SAS Medical College, Maldives" ގެ ނަމުގައި ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖެއް ކަމަށް ބުނެ، އެ ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާ ކަން ފާހަގަކުރެވިފައިވާކަމަށެވެ.
"SAS Medical College, Maldives" އަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން މި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއް ނޫންކަމަށށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެެވެ.
ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެކެވެ. އަދި އެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން މެނުވީ ޔުނިވަރސިޓީއެއް ކަމަށް ނުވަތަ ކޮލެޖެއް ކަމަށް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީ ކުށެއްކަމަށް ކަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ ނަމުގައި ހަދާފައިވާ ވެބްސައިޓުގައި، ފަސޭހަކަމާއެކު ޑޮކްޓަރީ ކޯސްތައް ހެދޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފަސް އަހަރާއި ތިން އަހަރުން ކިޔަވާ ނިންމާލެވޭނެ ކަމަށް އިޝްތިހާރުކޮށްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;