ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކުވަނީ އައްޑޫ ސިޓީގައި ހިންގި ބޮޑު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބަޔަކު އިންތިހާބާ ދިމާކޮށް ދޫކޮށްލާފައިވާކަމަށް ބުނެ ސުވާލު އުފައްދާފައެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ އިންތިހާބާއި ދިމާކޮށް އެއްވެސް ކުޢްވެރިޔަކު ދޫކޮށްފައި ނުވާނެކަމަށެވެ. އަދި ނޫސްވެރިޔާ ފާހަގަކުރި އައްޑޫ އޮޕަރޭޝަންގައި ހައްޔަކުރި މީހަކު ދޫކޮށްލަން ޖެހުނީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރަންޖެހޭތީކަމަށެވެ. ކޮންމެ މީހަކު ހައްޔަރުކުރި ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކި ޓައިމްލައިންތަކެއް އޮންނަކަން މިނިސްޓާރު ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑޫ ޑްރގު މައްސަލާގައި ހިމެނޭ މީހުން ދޫކޮށްލަން ޖެހުނީ އެ ޓައިމްލައިންގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލުމާ މެދު ގޮތެއް ނިންމަން ޖެހޭ މުއްދަތު ހަމަވިއިރު، ބަންދުގައި ބޭތިއްބޭނެ ގާނޫނީ ސަބަބެއް ނެތުމުން ކަމަށް އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ އައްޑޫ ސިޓިގައި މަސްތުވާތަކެތީގެ ވިޔަފާރިކރާ މީހުން ހޯދަން އަށް މަސްދުވަހުގެ ތަހުގީގަކަށްފަހު ހިންގި ބޮޑު އޮޕަރޭޝަންގައި ފުލުހުން ގިނަ ހެކިތަކެއް ހޯދާފައިވާކަމަށެވެ. އެހެންނަމަވެސް އެ ވަގުތު ހުރި ހެކިތަކާއި އެކު ކޯޓަށް މައްސަލަ ހުށަހަޅައިފިނަމަ އެކަމުން އެދެވޭ ނަތީޖާއެއް ނުލިބި، ފުލުހުން ކުރި މަސައްކަތް ބޭކާރުވެދާނެކަމަށް ޕީޖީ ލަފާދެއްވިކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;