ads
ރައްޔިތުން މަޖލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ނާޒިމް
ނާޒިމްގެ އެއްވެސް މައްސަލައެއްް ނުބަލަން: އިހުސާން
ރައްޔިތުން މަޖލީހުގެ ނައިބު ރައިސް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ އެއްވެސް މައްސަލައެއް ފުލުހުން ބަލަމުން ނުގެންދާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

މި ސަރުކާރުގައ ނުފޫޒު ގަދަކަމަށް ބެލެވޭ ނާޒިމް މިދިޔަ ހޯމަ ދުވަހު ވަނީ އޭނާ ހިމެނިވަޑައިގެންނެވި މަޖލީހުގެ އެންމެ ބާރު ގަދަ ދެ ކޮމެޓީން ވަކިކޮށްފައެވެ. ނާޒިމް ވަކިކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ (241) ކޮމެޓީންނެވެ. 

އެއާއި އެކު އޭނާއައި ގުޅުންހުރި އިންޓެލިޖެންސް ރިޕޯޓެއް ފުލުހުން އެކުލަވާލާފައިވާކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުން އަންނަކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

މިއަދު ހޯމް މިނިސްޓަރު އަލީ އިހްސާން ރައިސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ވަނީ އެކަމާއި ގުޅިގެން މިނިސްޓަރާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އިހްސާން ވިދާޅުވީ އެއީ ދޮގު މައުލޫމާތެއް ކަމަށާއި ނާޒިމާއި ގުޅޭ އެފަދަ އެއްވެސް ތަހުގީގެއް ހިންގަމުންނުދާ ކަމަށެވެ. އަދި ނޫސްވެރިން މައުލޫމާތު ނަގާ ފަރާތް ނުބައިކަމަށާއި އެ ފަރާތް ބަދަލުކުރަން ނޫސްވެރިންނަށް  އިހްސާން ވަނީ ގޮވާލައްވާފައެވެ. 

" ތިޔަ މައުލޫމާތު ދެއްވާ ފަރާތް ބަދަލުކުރަން ޖެހޭ. ރަނގަޅު މައުލޫމާތެއް ނޫން އެދެނީ އިނގޭތޯ. ރަނގަޅު މައުލޫމާތުދޭ ފަރާތްތައް ހޯދަންޖެހޭ. އެއްވެސް ހަގީގަތެއް އޮތް މައުލޫމާތެއް ނޫން އެއީ. އެއްވެސް ތަހުގީގެއް ނުހިންގަން،" އިހުސާން ވިދާޅުވިއެވެ.

މަޖިލީހުގެ ބާރުގަދަ ދެ ކޮމެޓީން ނާޒިމް ވަކިކޮށް އޭނާ ވަނީ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމެޓީއަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް މި ބަދަލު ގެނައި ސަބަބެއް ވެރިކަން ކުރާ ޕީއެންސީއަކުން ނުބުނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;