ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ
62 އިންސައްތަ ބީދޭސީން ގަވައިދަށް ވައްދަފިން ، އަންނަމަހު ޑީޕޯޓްކުރަނީ: އިހްސާން
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ގަވައިދަށް ފެއްތުމަށް ކުރިޔަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތެރެއިން މިހާތަނަށް 62 އިންސައްތަ ބީދޭސީން ގަވައިދަށް ވައްދާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް 2024 ވަނަ އަހަރުގެ މޭ މަހު ކުރަނގި އޮޕަރޭޝަން ފެށިއިރު ވާކް ޕާމިޓް ފީއެއް ނުދައްކާ އަދި ވިސާއެއް ނެތި 148417 ބިދޭސީން ރާއްޖޭގައި އުޅެމުންިދޔަ ކަމަށެވެ. އެހެނަމަވެސް އެންމެނަކީ ރާއްޖޭގައި ތިބި މީހުންކަމެއް ކަށަވަރުކުރެވިފައި ނުވާކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.  

ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ގަވައިދަށް ފެއްތުމަށް "އޮޕަރޭޝަން ކުރަނގި" ފެށިއިރު ގަވައިދަށް ތިބި ބީދޭސީންގެ އަދަދަކީ 28.97 އިންސައްތަ މީހުންކަމަށް މިނިސްޓާރު ވިދާޅުވިއެވެ. އަދި މިދިޔަ ދެ އަހަރު ކުރި މަސައްކަތުން އެ އަދަދު 62 އިންސައްތައަށް އިތުރުކުރެވިފައިވާކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. 

އިހްސާން ވިދާޅުވީ މިހާތަނަށް ޕިންގަރ ޕްރިންޓް ނަގާ މައުލޫމާތު އެއްކުރި ބިދޭސީންގެ އަދަދު 206،000 އަފާފައިވާކަމަށެވެ. އަދި ފިންގަޕްރިންޓް ނުދީ އަދިވެސް 2،933 މީހަކު އެބަ ތިއްބިކަމަށާއި އެއީ ކޮން ބައެއްކަންވެސް ދެނެގަނެވިފައިވާކަމަށް އިހްސާން ވިދާޅުވިއެވެ. 

" އެހެންވީމާ މިވަގުތަށް ބަލާއިރު އަޅުގަނޑުމެންނަށް ކަންބޮޑުވާ ގޮތަށް ގަވައިދާ ހިލާފަށް އުޅެމުންދާ އަދަދަކީ މި އަދަދު [2،933]،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން "އޮޕަރޭޝަން ކުރަނގި" ގެ ފޭސް 3 ގެ މަސައްކަތް ފަށާނެކަމަށެވެ. އަދި އެދުވަހުން ފެށިގެން ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ފިންގާ ޕްރިންޓާއި  މައުލޫމާތު ނުދޭ ބިދޭސީން ހޯދާ އެމީހުން ހައްޔަރުކޮށް ރާއްޖެއިން ޑީޕޯޓް ކުރަން ފަށާނެކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;