ads
މ. މުލައް
މުލަކުގައި މަރުވި މީހާގެ ނަފްސާނީ ކަމެއް ހުރި
މ. މުލަކުގައި އިއްޔެ ފުން ޒަހަމަކާއި އެކު މަރުވެފައި އޮތް މުހައްމަދު އަބްދުއްރަހްމާނުގެ ނަފްސާނީ ކަމެއް ހުރި ކަމަށް މުލަކު ކައުންސިލް އިދާރާގެ ނައިބު ރައީސް މުހައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މ. މުލަކުގައި އިއްޔެ ފުން ޒަހަމަކާއި އެކު މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަބްދުއްރަހްމާނުގެ ނަފްސާނީ ކަމެއް ހުރި ކަމަށް މުލަކު ކައުންސިލް އިދާރާގެ ނައިބު ރައީސް މުހައްމަދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މުހައްމަދު ވިދާޅުވީ ނަފްސާނީ ކަމެއް މުހައްމަދު އަބްދުއްރަހްމާންގެ ހުންނަ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން މީގެ ކުރިން އޭނާ އަކީ މީހުންނާ ގުޅޭ، މަޖާ މީހެއް ނަމަވެސް ފަހަކަށް އައިސް މީހުންނާ ވަރަށް ދުރުވެ، އެކަނި ވަކިން އުޅޭކަން ފާހަގަކުރެވޭ ކަމަށެވެ.

އާއިލާ އިން މުހައްމަދު އަބްދުއްރަހްމާނު ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެ ގެންދިޔަ ކަމަށާއި އަތޮޅު ތެރޭގެ ރަށްތަކުން ވެސް ކުރެވެން ހުރި ފަރުވާ ކުރަމުން އައި ކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުހައްމަދު އަބްދުއްރަހްމާނަށް ރޫހާނީ ކަންތައްތަކެއް ދިމާވެގެން އުޅޭ ކަމަށް ރަށުގެ ބައެއް މީހުން ބުނަމުން އަންނަ ކަމަށެވެ. އެގޮތުން އާންމުންނާ އެކު ބޭރަށް ނިކުމެ އުޅުނު ނަމަވެސް އެކަމެއް ދިމާވަނީ ވަކި ގަޑިއެއްގައި ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވި ގޮތުގައި އަމިއްލަ ހަށިގަނޑަށް ގެއްލުން ލިބޭ ފަދަ ކަމެއް މީގެ ކުރިން މުހައްމަދު އަބްދުއްރަހްމާން ކޮށްފައިވާ ކަން އެނގިފައި ނުވާ ކަމަށެވެ.

މުހައްމަދު އަބްދުއްރަހްމާން މަރުވެފައި އޮއްވާ ފެނުނީ މުލަކުގައި ހުރި ވަޑާންގެއެއްގެ ވެރިމީހާގެ ދަރިފުޅަށެވެ. އެގޮތުން އޭނާ ބުނީ ފަތިސް ނަމާދަށް ދާން ހޭލި އިރު ކަރަންޓް ކީސް ޖައްސާފައި ހުރި އަޑު އިވުމުން ކީސް ނިންވާލާފައި އެތެރެ ބަލާލިއިރު މުހައްމަދު އަބްދުއްރަހްމާނު އެތަނުގައި އޮތް މަންޒަރު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، އެމީހާގެ ވާތްފަރާތު މޭމަތިން ވަރަށް ފުންކޮށް، ގާތްގަނޑަކަށް ނުވަ އިންޗިއެއްހާތަން ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް