ads
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން މައުލޫމާތު ދެއްވަނީ
ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ގިނަ، ބެލެނިވެރިން ސަމާލުވޭ: އިހްސާން
ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ފުލުހުނަށް ހުށައަޅަމުން އަންނަ ވަރު ފަހަކަށް އައިސް އިތުރުވެފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މި ވާހާކަ ދައްކަވާފައި މިވަނީ ދާދި ފަހުން ދަނާލުގައި ދިރިއުޅެމުންދިޔަ 18 އަހަރުގެ އަންހެން ކުއްޖަކު އަމިއްލައަށް މަރުވެފައިވަނިކޮށެވެ. 

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ފަހަކަށް އައިސް ުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަށެވެ. އެހެންކަމުން ބެލެނިވެރިން އެކަމަށް ސަމާލުވުމަށް މިނިސްޓަރު އިހްސާން އެދިވަދައިގަތެވެ. އެހެންނަމަވެސް ރިޕޯޓްކުރާ މައްސަލަތަކުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ. 

" މި ފަހަކަށް އައިސަ ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ފުލުހުންގެ މުއައްސަސާއަށް ހުށައެޅުމުންދާ އަދަދު ވަނީ އިތުރުވެފައި. މި ކަންކަމަކީ ބެލެނިވެރިން އިތުރަށް ސަމާލުވާން ޖެހިވަޑާއިގަންނަވާ ކަމެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ." މނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ފެމިލީ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައިވެއެވެ. އެއީ އަންހެން ކުދިންނާ ގުޅުންހުރި 60 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި 32 މައްސަލައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;