ހައުސިން މިނިސްޓްރީން މިހެން ބުނީ އަހުމަދު ޒާހިރު ކިޔާ މީހަކަށް ހުޅުމާލޭގެ ފޭސް 2 އިން 1،250 އަކަފޫޓުގެ ބިމެއް 468،750ރ. އަށް ވިއްކަން ނިންމާފައިވާ ހައުސިން މިނިސްޓްރީ މެމޯ އެއް އާއްމުވެ އެކަމަށް މީހުންގެ ފާޑުކިޔުންތައް އަމާޒުވުމުން ނެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި އެ މިނިސްޓްރީގެ އިންޓާނަލް މެމޯއަކީ 22 ޑިސެންބަރު 2003 ގައި އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ދަށުން ހުޅުމާލެ ފޭސް އެކަކުން ގޯތި ލިބުނު މީހެއްކަމަށެވެ.
ހައުސިން މިިނިސްޓްރީން ބުނީ އެ މީހާއަށް 2003 ވަނަ އަހަރު ހުޅުމާލެއިން 904 އަކަފޫޓުގެ ބިމެއް 339،000ރ. އަށް ވިއްކަން އޭރުގެ ސަރުކާރުން ނިންމިކަމަށާއި އެކަމުގެ ލިޔުންތައް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ ބިން މިހާތަނަށްވެސް އޭނާއާ ހަވާލު ނުކޮށް އޮތުމުން އެކަމަށް ހައްލެއް ހޯދަން އޭނާގެ ފަރާތުން ސަރުކާރުގައި އެދެމުންދިޔަ ކަމަށެވެ.
އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ނިންމީ އެ ފަރާތުގެ ދިރިއުޅުމުގެ ހާލަތަށް ބަލައި، އެއްބަސްވެފައިވާ ވިޔަފާރި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އަދި އެމީހާއަށް ވިއްކަން ނިންމި ބިމަކީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ މީހަކަށް ދޭން ނިންމި ބިމެއްގެ އެއްބަސްވުން ބާތިލްކުރުމުން ހުސްކޮށް އޮތް ބިމެއް ކަމަށް ވެސް ހައުސިން މިނިސްޓްރީނަ ނެރުނު ބަޔާނުގައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;