އެމްޑީޕީންގެ ޗެއާޕާސަން އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު އެ އިންތިހާބު އަންނަ ޖޫންމަހުގެ 12 ވަނަދުވަހު ބާއްވާނެކަަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެ އިންތިހާބުގައި ވޯޓުލެވޭނީ އިއްޔެގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ ޗެއާޕާސަން އިންތިހާބުގެ ކުރިން މެމްބާޝިޕް ފޯމު ފުރަން ރޭ 12:00ގެ ނިޔަލަށް ފުރުސަތު ދިނުމުން އެ ވަގުތާއި ހަމައަށް އެ ޕާޓީއާ 4،868 މީހަކު އަލަށް ގުޅިފައިވާ ކަމަށެވެ.
ޗެއާޕާސަން ހޮވަން ނަގާ ވޯޓުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ މީހުން އެ ޕާޓީއަށް ވަންނަމުން ދަނިކޮށް އެކަމަށް ޕާޓީގެ ވަގުތީ ވެރިން ހުރަސް އަޅާފައިވާކަމަށް ޗެއާޕާސަންކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނަށް ތާއިދުކުރައްވާ ފައްޔާޒު އިސްމާއިލް ވަނީ ތުހުމަތުކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ ރޭ އެކަނިވެސް އެމްޑީޕީއާ އަލުން ގުޅެން 10،000 މީހުން ހުށައަޅާފައިވާކަމަށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ބާއްވާ ވާދަވެރި އިންތިހާބުތައް ބޭއްވުމަކީ ޕާޓިއަށް މެމްބަރުން އިތުރުކުރުންކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ މިވަގުތުގެ ވެރިން އެކަމަށް ހުރަސް އަޅާފައިވާކަމަށް ނަޝީދު ތުހުމަތުކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުން އަލްހާން ފަހުމީ ނުކުންނާނެކަން ވަނީ އިއުލާންކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;