އޭނާ އެ މަގާމަށް ބަދަލުކޮށްފައިވަނީ މިއަދުއެވެ.
އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އަޝްފާން އައްޔަންކުރީ އޭޕްރިލް 4، 2024 ގައެވެ.
އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި އޭނާ ވަނީ 19 އަހަރު ވަންދެން ހިދުމަތްކޮށްފައިވާ އަޝްފާން އެ އިމިގްރޭޝަބުން ވަކިވުމުން އެ އިދާރާއިން ވަނީ އޭނާގެ އަގު ވަޒަންކޮށް އެކްސްގައި ޕޯސްޓެއްކޮށްފައެވެ.
އަޝްފާނަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ބޭބެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;