މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އިން ބުނީ މަގު ކޮންނަމުން ދަނިކޮށް ކޭބަލްއެއް ހަލާކުވެ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެ 2 ގެ ހިޔާ އަދި ވިނަރެސް ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
މި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކުގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ، މިފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެކަމަށް ގަބޫލުކުރަމެވެ.
މީގެ އިތުރުން، ކޮނުމުގެ މަސައްކަތްތައް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގަތަކަށް ގެއްލުން ނުވާނޭހެން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެންކަމުން، މިފަދަ ކަންކަމުގައި، މަގު ކޮންނަ އާންމު ފަރުދުންނާއި، ކުންފުނިތަކާއި، މަޝްރޫއުތަކުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް މި ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސްޓެލްކޯ އިން އެދުނީ މަގު ކޮނުމުގެ މަސައްކަތް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގާތަކަށް ގެއްލުން ނުވާނެ ގޮތަށް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާށެވެ.
މަގު ކޮންނަ އާންމުންނާއި ކުންފުނިތަކާއި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވުމަށް މި ސްޓެލްކޯ އިން އިލްތިމާސް ކުރި އެވެ.
އެމްޕީއޭލް އާއި ފަހި ފެލްޓުތަކުގެ ބައެއް ޓަވަރުތަކުން ވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑިފައިވާ ކަމަށް އާންމުންގެ މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;