ads
އާޒިމަށް ހަމަލާދިން މައްސަލަ ހުށަނޭޅި، ފުލުހުން އަމިއްލަ ބަލަން ފަށައިފި: މުންދު
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލާ އެއްވެސް ފަރާތަކުން ހުށަނޭޅުމުން ފުލުހުން އަމިއްލަ އިސްނެގުމަށް އެ މައްސަލަ ބަލަން ފަށާފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީގެ ފަރާތުން ރޭ މާލޭގައި ބޭއްވި މުޒާހަރާ ހިނގަމުން ދަނިކޮށް ޒުވާނަކު ވަނީ މޭޔަރު އާޒިމަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. އެހެންނަނަވެސް އެ މުޒާހަރާގައި ބައިވެރިވި މީހުން ވަނީ އޭނާއާ ކުރިމަތިލާ އެކަން ހުއްޓުވާފައެވެ.

އެ ހަމަލާއާ ގުޅިގެން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ މި ހާދިސާ ހިނގާދިޔަ ފަހުން މިހާތަނާ ޖެހެންދެންވެސް އެމް.ޑީ.ޕީ.ގެ ފަރާތުންވެސް ނުވަތަ މާލެ ސިޓީ ކައުންސިލުންވެސް މިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާތީ އެކަމާއި ހިތާމަކުރައްވާކަމަށެވެ. އަދި  މައްސަލަ ރިޕޯޓްނުކުރުމަކީ ފުލުހުންގެ ޒިންްމާއަށް ހުރަސް އެޅުންކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. 

" މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، މިފަދަ ހާދިސާތައް އެ ފަރާތަށް ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހަކަށް ވުމުގެ އިތުރުން، އެއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް." އިސްް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފްް ވިދާޅުވިއެވެ.

ތަރުޖަމާނު ވިދާޅުވީ މީސް މީޑިއާއިން މި ހަމަލާގެ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން ފުލުހުން ދަނީ އަމިއްލައަށް އިސްނަގައިގެން އެ މައްސަލަތަހުގީގުކުރަމުންކަމަށެވެ. 


މާލެ ސިޓީގެ މޭޔަރަކީ ދައުލަތުގައި އެދިވަޑައިގެންފިނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއްކަން ތަރުޖަމާނު ވިދާޅުވިއެވެ. އަދި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް ހައްދަވަމުންދާކަމަށާއި މިފަދައިން ހަދާ އެސެސްމަންޓަކުން އެއްވެސް ފަރާތަކަށް ނުރައްކަލެއް އޮތްކަމަށް ފާހަގަކުރެވިއްޖެނަމަ ފުލުހުން އިސްވެ އެފަރާތްތަކަށް ސެކިއުރިޓީގެ ކަންކަން ހަމަޖައްސާނެކަމަށްވެސް އިސް ތަރުޖަމާނު މުހައްމަދު ހުސެއިންް ޝަރީފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;