ads
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް
އާޒިމަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަން ފަށައިފި
މާލެ ސިޓީ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ހަމަލާދޭން އުޅުނު މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
Advertisement

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ، އެމްޑީޕީގެ މުޒާހަރާއާއެކު އާޒިމް ކުރިއަށްދަނިކޮށް، މަގުމަތިން މީހަކު ގޮސް އާޒިމްގެ މޭމަތީގައި ޖަހައި ކޮށްޕާލާ މަންޒަރެވެ. 

"އޭޕްރިލް 24، 2026 ވަނަ ދުވަހުގެރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

މި ހަމަލާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އަމަލު ހަރުކަށީ އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;